ގަވަރުނަރގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސް އަށް ލަފާ އެރުވުމަށް ކޮމެޓީން ފާސްކޮށްފި

3 months ago

އަފްރާހް

ގަވަރުނަރގެ މަގާމުގައި މިހާރުހުންނެވި ޢަކީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމައިފިއެވެ.


އެމަނިކުފާނު އެމަގާމުން ވަކިކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ހުށަހަޅުއްވާފައިވަނީ މަގާމުގެ މަސްއޫލިއްޔަތުތައް އަދާނުކުރައްވާތީކަމަށް ވިދާޅުވެއެވެ.


ނާޒިމް ވަނީ މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމާފައިވަނީ އިގްތިސާދީ ކާރިސާއިން ގައުމު ސަލާމަތްކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިނުވާކަމަށް ވިދާޅުވެފައެވެ. އެހެންވެ، އެ މަގާމުމުން އަލީ ހާޝިމް ވަކިކުރެއްވުމަށް މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއާ ގުޅިގެން އެމައްސަލަ ދިރާސާކުރުމަށް އެކޮމިޓީއަށް ފޮނުވުމުން، ދިރާސާ ކުރުމަށްފަހު މަގާމުން ވަކިކުރުމަށް ރައީސް އަށް ލަފާ އެރުވުމަށް ފާސްކުރެއްވީ މެންބަރުންގެ އިއްތިފާގުންނެވެ.


ގަވަރުނަރގެ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ކަންކަމަށް ޖަވާބުދާރީވުމަށް ކޮމިޓީއަށް ވަޑައިގަތުމަށް އަލީ ހާޝިމް އަށް ވަނީ ދައުވަތު ވެސް އަރުވާފައެވެ. އެހެންނަމަވެސް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފައިވާއިރު ވެސް ކޮމިޓީ ބައްދަލުވުންތައް ކުރިޔަށްގެންދެވިފައިނުވަނީ ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީއެވެ.


އެހެންވެ، މިއަދު ކުރިޔަށްދިޔަ މިކަމާއި ގުޅޭ ތިން ވަނަ ބައްދަލުވުމަށް ގަވަރުނަރު ވަނީ ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރަން ކޮމިޓީން ހުށަހެޅި ކަންކަމަށް 14 ސަފްހާގެ ސިޓީއަކުން ލިޔުމުން ޖަވާބު ފޮނުއްވާފައެވެ. އަދި އިތުރު ކަމެއް ކޮމިޓީން ސާފުކުރަން ބޭނުންވާނަމަ އެކަމެއްވެސް ލިޔުމުން އެންގެވުމުން އެކަމަކަށް ލިޔުމުން ޖަވާބު ދެއްވާނެކަމަށް ގަަވަރުނަރު ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވާކަމަށް ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހީމް ވިދާޅުވިއެވެ.


އެމްއެމްއޭގެ ގާނޫނުގައިވާގޮތުން އެއޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު މަގާމަށް އައްޔަނުކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.


ކިޔުންތެރިންގެ ހިޔާލު