ރައީސް ސާލިހުގެ މަންމާފުޅު އަވަހާރަވެއްޖެ

3 months ago

އަފްރާހް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މަންމާފުޅު މުއުމިނާ ހުސައިން ފުޅު އަވަހާރަވެއްޖެއެވެ.


އެކަމަނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު، އުމުރުފުޅަކީ 80 އަހަރެވެ.


މިކަމުގެ ހިތާމައިގާ ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެ، ފޮނުއްވި މެސެޖުގައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލޮބުވެތި މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެމަނިކުފާނުގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަައްވާ ކަމަށެވެ.


ރައީސް ސާލިހުގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި އެމްޑީޕީން ވަނީ ތައުޒިޔާގެ މެސެޖެއް 'އެކްސް' ގައި ހިއްސާކޮށްފައެވެ.


އެ މެސެޖުގައި ވަނީ އެ ހިތާމައިގާ އެ ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން ތައުޒިޔާ ދަންނަވާ ކަމަށެވެ.


ރައީސް ސާލިހުގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގާ 'އޮއިވަރު' ގެ ކިޔުންތެރިންނާއި މުވައްޒަފުން އަދި މެނޭޖުމެންޓު ވެސް ޝާމިލުވަމެވެ. އަދި މަރްހޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށާއި އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދިި ދުއާ ކުރަމެވެ.


ކިޔުންތެރިންގެ ހިޔާލު