ކާނާ ވިހަވި މައްސަލައިގާ މިނިވަން ތަހުގީގެއް ކުރުމަށް ޝާހިދު ގޮވާލައްވައިފި

3 months ago

އަފްރާހް

އައްޑޫ ޕޮލިސް އެކަޑަމީގައި ކާނާ ވިހަވެ، ފުލުހުންގެ ތަމްރީނު ހަދަމުންދިޔަ ދަރިވަރުންތަކެއް ހާލު ގޯސްވި މައްސަލައިގާ މިނިވަން ތަހުގީގެއް ކުރުމަށް ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.


އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ޝާހިދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް މިނިވަން ތަހުގީގެއް ހިންގަން ޖެހޭކަމަށެވެ.


ޕޮލިސް ކޮލެޖްގައި ތަމްރީނު ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން 32 ދަރިވަރަކު ކާނާ ވިހަވެ، އައްޑު އިކްއޭޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާދޭން ފަށާފައިވަނީ ޖުލައި 17 ވީ ބުދަ ދުވަހުގެ ރެއެވެ. އޭގެ ތެރެއިން ފަސްދަރިވަރަކަށް އައިސީޔޫގައި ފަރުވާދެމުންދާކަމަށް ފުލުހުން ރޭ ވިދާޅުވިއެވެ.


އެހެންނަމަމެސް މިއަދި ހެނދުނު ވިދާޅުވީ އައިސީޔޫގައި ފަރުވާދެމުން އަންނަނީ ދެ ދަރިވަރަކަށް ކަމަށެވެ. އަދި އެހެން ދަރިވަރުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު

އަޑިކޮންނަ

ހަގު އަނބި ގޮއްޔެގެ 3 މ. ރުފިޔާގެ ފްލެޓާ މިސޮރު ގެންގޮސް ގޭގާ އެޅި ކާޕެޓްގެ މައްސަލަ ތަހުގީގު ކުރަން ގޮވާލަން ކެރޭނެތަ؟

3 months ago