އިލްމާއި ހުނަރާއި ތަޖުރިބާތަކަކީ ހަމައެކަނި މުސްތަގްބަލް ބައްޓަންކޮށްދޭނޭ އެއްޗެއް ނޫން

3 months ago

އަފްރާހް

ލިބޭ އިލްމާއި ހުނަރާއި ތަޖުރިބާތަކަކީ ހަމައެކަނި މުސްތަގްބަލް ބައްޓަންކޮށްދޭނޭ އެއްޗެއް ނޫން ކަމަށާއި އެއީ ގައުމީ ވުނައެއް ކަމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަހާކަ ދައްްކަވަމުންނެވެ.


ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ އެއީ ގައުމީ އިންވެސްޓްމަންޓެއް ކަމަށް ވެސް ވިދާޅުވެފައެވެ.


"މާނައަކީ މި ގައުމުގެ ތަރައްގީއާއި ކުރިއެރުމުގައި ތިޔަ ކުދީންގެ ދައުރު ވަރަށް މުހިންމޭ. އެހެންކަމުން ތިޔަ ކުދިން ކިޔަވަން އިޚުތިޔާރުކުރާ ދާއިރާއަކީ ގައުމަށް އެންމެ ފައިދާހުރި އެންމެ ބޭނުންތެރި މުހިންމު ދާއިރާތަކުގެ ތެރެއިން ދާއިރާއެއް ކަމުގައި ހެދުމަށް ތިޔައިން ކޮންމެ ކުއްޖަކަށް އިލްތިމާސްކުރަން." މިނިސްޓަރ ވިދާޅުވިއެވެ.


މީގެއިތުރުން ކިޔަވައި ނިމިގެން އައިސް ގައުމަށް ޚިދުމަތްކުރުމަކީ ކޮންމެ ކުއްޖެއްގެ ވެސް އަޒުމުކަމުގައި ކަނޑައެޅުމަށް ވެސް ގޮވައިލެއްވިއެވެ.


މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެއްވާ ހާއްސަ ސްކޮލަރޝިޕް 19 ދަރިވަރުން ހާސިލުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެއީ 2023 ވަނައަހަރު، މަތީ ސާނަވީ އިމްތިހާނުގައި ރާއްޖޭގެ 45 ސްކޫލަކުން ބައިވެރިވި 1407 ދަރިވަރަންގެ ތެރެއިން 5 މާއްދާއިން "އޭ ސްޓާރ" ހޯދި ފަޚުރުވެރި ދަރިވަރުންކަންނ ވެސް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު