200 މިލިއަން ރުފިޔާ އިންސާނީ ތަރައްގީ އަށް ހޭދަކުރަނީ

3 months ago

އަފްރާހް

ދައުލަތުގެ ބަޖެޓުން އުމްރާނީ ތަރައްގީއަށް ކުރާ ހޭދައިން އެއްބައި އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ހޭދަކުރުމަށް ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕް ޙަވާލުކުރުމަށް ހުރަވީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން އަންނަ އަހަރުން ފެށިގެން 200 މިލިޔަން ރުފިޔާ އިންސާނީ ވަސީލަތް ތަރައްގީކޮށް، ރަނގަޅު ވަޒީފާތަކަށް ބޮޑު މުސާރަ ދިނުމަށް ޚާއްސަ ކުރައްވާނެ ކަމަށެވެ.


ގައުމަށް ހިދުމަތްކޮށް ދިނުމަށް ގިނަ ދާއިރާތައް ދިވެހިންނަށް ހާއްސަކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވައި ރައީސް ވަނީ މިވަގުތު ވެސް ހާއްސަ ދާއިރާތަކުން ކިޔަވައިގެން އައިސްތިބި އެތަކެއް ޒުވާނުން ވަޒީފާގެ ފުރުސަތު ނުލިބި ތިބި ކަމަށެވެ. އަދި ސަރުކާރުގެ މުސާރަ ކުޑަވުމުން ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރުގެ އޭ އެލެވެލް އިމްތިހާނުން އެއްވަނަ ހާސިލް ކޮށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕް ނުވަތަ ޕްރެޒިޑެންޝިއަލް ސްކޮލަރޝިޕް ވަނީ 19 ދަރިވަރަކު ހާސިލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު