ކާމިޔާބު ބަޔަކަށްވާނީ ތައުޙީދުގެ މަތިވެރި އަސާސްގައި ހިފަހައްޓައިގެން

3 months ago

އަފްރާހް

ތައުޙީދުގެ މަތިވެރި އަސާސްގައި ހިފަހައްޓައިފި ނަމަ، އަހުރެމެންނަކީ ކާމިޔާބުވެފައިވާ ބަޔަކަށްވާނެކަން ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.


"ތައުޙީދު" މި މއަޟޫއަށް ތައްޔާރުކޮށްފައިވާ ހުކުރު ހުތުބާގައި ވަނީ ހުރިހާ ނަބިއްޔުންނާއި ރަސޫލުން ވެސް ވަޑައިގެންނެވީ ތައުޙީދުގެ މަތިވެރި އަޤީދާއާއިގެން ކަމަށެވެ. އަދި މަތް ރަސްކަލާނގެ ބާވައިލެއްވި އެންމެހައި ފޮތްތައް ބާވައިލެއްވުނީ މި މާތް އަސްލުގެ މަތީގައި ކަމަށެވެ.


މީގެއިތުރުން ތައުހީދަކީ މާތް ރަސްކަލާނގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ޝިރުކުގެ އެންމެހައި ޢަމަލަކުން ދުރުހެލިވެ ރައްކައުތެރިވުން ކަމަށް ވެސް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.


"މިގޮތުން ތައުޙީދުގެ ބައިތަކުގެ ތެރޭގައި ހިމެނޭ ތިން ބައިގައި ވެސް އެކަލާނގެ އެއްކައުވަންތަކޮށްގެން މެނުވީ މިމަތިވެރި އަގީދާ ހާސިލެއް ނުކުރެވޭނެއެވެ. އަޅުތަކުންގެ މައްޗަށްވާ އެންމެ މަތިވެރި ހައްގަކީ މާރް ރަސްކަލާނގެއަށް ޝަރީކުނުކޮށް ހުރިހައި މާނައެއްގައި އެކަލާނގެ އެއްކައުވަންތަކުރުން." ހުތުބާގައި ބުންޏެވެ.


ހުތުބާގައި އިތުރަށް ފާހަގަކޮށްފައިވަނީ ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ޙަދީޘްތަކުގެ އަލީގައި ޢިލްމުވެރިން ތައުޙީދު ބައްސަވާފައިވާ ފުރަތަމަބަޔަކީ ރުބޫބިއްޔަތުގައި އެކަލާނގެ އެއްކައުވަންތަ ކުރުންކަމަށެވެ. އަދި ދެވަނަ ބަޔަކީ ހުރިހައި އަޅުކަމެއް ހަމައެކަނި މާތް ރަސްކަލާނގެއަށް އަދާކުރުން ކަމަށެވެ.


މީގެއިތުރުން ތިންވަނަ ބަޔަކީ ތައުޙީދުލްއަސްމާއި ވައްޞިފާތު ނުވަތަ އެންމެ ފުރިހަމަވެގެންވާ، މަތިވެރި ނަންފުޅުތަކާއި ސިފަފުޅުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އެކަލާނގެއަށްކަން ގަބޫލުކުރުންކަން ވެސް ހުތުބާގަިއ ވަނީ ހަނދާންކޮށްދީފައެވެ.


ހުތުބާގައި ބުނީ ތައުޙީދުގެ މި ތިން ބައިގައި ވަރުގަދަޔަށް ހިފަހައްޓައިގެން މެނުވީ، އެންމެ ފުރިހަމަ ގޮތުގައި މާތްރަސްކަލާނގެއަށް އެއްކައުވަންތަކުރާ މީހަކަށް ނުވާނެކަމަށެވެ. އަދި ހަމައެކަނި އެކަލާނގެ ވޮޑިގެންވާކަން ގަބޫލުކުރުމަކުން މަންފާއެއް ނުކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު