ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހީން ސަމާލުވުމަށް ދިވެހި ސަރުކާރުން އިލްތިމާސް ކުރައްވައިފި

3 months ago

އަފްރާހް

ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހީންނާއި އެގަމުމުގައި ދިރިއުޅޭ ދިވެހީން ސަމާލުވުމަށް ދިވެހި ސަރުކާރުން އިލްތިމާސް ކުރައްވައިފިއެވެ.


ދިވެހި ސަރުކާރުން މިފަދައިން އިލްތިމާސް ކުރައްވާފައި މިވަނީ އެގައުމުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.


ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުއްވާފައިވާ ބަޔާނެއްގައި ވަނީ ބަންގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަނުންދޭ އިރުޝާދުތަކަށާއި ބަންގްލަދޭޝްގެ ސަރުކާރުން އިރުޝާދުދީފައިވާ ގޮތަށް ޢަމަލުކުރުމަށް، އެ ގައުމުގައި ދިރިއުޅޭ ދިވެހީންނަށާއި އެ ގައުމަށް ދަތުރުކުރާ ދިވެހީންނަށް އިލްތިމާސްކުރައްވާފައެވެ.


އެގައުމުގައި ދިރިއުޅޭ ދިވެހީންނާއި ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ އެގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ގުޅައިގެން (8801329748885+ / 8801708120318+)، ނުވަތަ އީމެއިލް މެދުވެރިކޮށް އެހީތެރިކަން ހޯދުމަށް ވެސް އެދިލައްވާފައި ވެއެވެ.


ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި އެ ގައުމުގެ ދަރިވަރުން އިހްތިޖާޖުކުރަމުން ދަނީ 1971 ވަނަ އަހަރު ޕާކިސްތާނުގެ އަތް ދަށުން އެ ގައުމު މިނިވަންކުރުމަށް ކުރި ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓު ދޭން ނިންމުމާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު