އަޅުގަނޑުގެ ކެންޑިޑެސީ ބާތިލުކުރީ މި ސަރުކާރުން ޝަރީއަތުގެ ތެރެއަށް ވަދެގެން: ރައީސް ޔާމީން

3 months ago

އަފްރާހް

މި ސަރުކާރުން ތެދުވެރި ނިޔަތެއްގައި ރައްޔިތުންނަށް ހިދުމަތްކުރުމަށް ކުރީގެ ރައީސް ޔާމީން އިލްތިމާސް ކުރައްވައިފިއެވެ.


އެމަނިކުފާނު މިފަދައި އިލްތިމާސް ކުރެއްވީ ޕީއެންއެފްގެ އޮފީހުގައި ޖުލައި 18 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ރައްޔިތުން ތިބީ މި ސަރުކާރުން ކަންތައްތައް ކުރާ ގޮތް ގާތުން ބަލަން ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ކެންޑިޑެސީ ބާތިލްކުރުމަށް މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ހައިކޯޓުގެ ޝަރީއަތުގެ ތެރެއަށް ވަދެ މަސައްކަތްކުރި ކަމުގެ ތުހުމަތު ވެސް ކުރައްވާފައެވެ.


އެގޮތުން މި ސަރުކާރުގެ ވަޒީރަކު ތައިލޭންޑުގެ ޕުކެޓުގައި މި ކަމުގައި ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރަކާ ބައްދަލުކުރެއްވި ކަމަށާއި އެކަމަކު ތަންކޮޅެއް ބޮޑު ޖަލްސާއެއްގައި މި މައުލޫމާތު ހާމަކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


ރައީސް ޔާމީން ވިދާޅުވީ ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ ކަންކަން ހިނގައިދިޔަ ދުވަސްކޮޅު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް އޮފީހުގެ އޭރުގެ އިސް ބޭފުޅަކާ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުކުރެއްވުމުގައި ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް ދަންނަވާފައި ނުވާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު