ފެރިދޫގައި ހިންގި ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިން ކޯސް ނިމިއްޖެ

3 months ago

އަފްރާހް

އއ. ފެރުދޫގައި ހިންގި ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިން ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.


މިއީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހިންގި ކޯހެކެވެ.


މި ޕްރޮގްރާމް ޖުމްލަ 15 ޒުވާނުން ފުރިހަމަކޮށްފައިވާއިރު، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޖުލައި 18 ވަނަ ރެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ، ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަސީލުއެވެ.


ހަތަރު މަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގުރާމަކީ ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ)ގެ ދަށުން ހިންގި ޕްރޮގުރާމެކެވެ.


ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުމަށް މި މިނިސްޓްރީން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެކެވެ.


ކިޔުންތެރިންގެ ހިޔާލު

ހިޔަލަ ޕެއާ

މިކޯހުން ފާސް ވީމަ ލިބެނީ ކައްޒާބުގެ އެވޯޑްދޯ

3 months ago