ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ޒިންމާ އަދާކުރެވޭނީ ސަރުކާރަށް ބާރުތައް ދީގެން: ރައީސް

3 months ago

އަފްރާހް

ރައްޔިތުން ހޮވާފަ ތިބޭ ބަޔަކު ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރުމުގެ ޒިންމާ އަދާކުރެވޭނީ ހިދުމަތް ދިނުމަށް ބޭނުންވާ ބާރުވެރިކަން ސަރުކާރުން ދީގެންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒި ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ނާރެސް ޕޯޓަލް އާއި ކުރަނގި އެޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާހުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.


ރައީސް ވިދާޅުވީ ރައްޔިތުންނާ ގުޅޭ އެފަދަ މުހިއްމު ހިދުމަތްތައް ދޭން ތިބި އިދާރާތަކަަށް ބޭނުންވާ ހުރިހައި ކަމެއް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށެވެ. އެއީ އިޖްތިމާއީ ގޮތުންވިއަސް އަދި އިގްތިސާދީގޮތުން ވިޔަސް އެކަންކަން ސަރުކާރުން ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން އެމަނިކުފާނު އިއުލާންކުރައްވާފައިޥާގޮތަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލާއި މިކަންކަން ކުރުމާއި އެކީގައި ރާއްޖެއަށް ޓޫރިޒަމްގެ ދާއިރާއިން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާވާގޮތަށް އެނިންމި ނިންމުން ވެސް މާލަސްތަކެއްނުވެ ތަންފީޒުކުރައްވާނެކަމުގެ އުފާވެރި ޚަބަރު ވެސް ރައީސް ވަނީ ދެއްވާފައެވެ.


އެމަނަިކުފާނު އިތުރަށް ވިދާޅުވީ ފަޅުރަށްރަށް ހޯދައިގެން މެދުރާސްތާގެ ޕްލޭނެއްގެ ތެރެއިން ވަކި މަސައްކަތްތަކެއް ކަނޑައަޅައިގެން އެރަށްތަކުގައި އާމްދަނީ ހޯދޭނެ މަސައްކަތްތަކެއް ކުރުމަށް މިހާރު ހުޅުވާލާފައިވާ ފުރުސަތުގެ ތެރެއިން އަދިވެސް އިޚްތިސާސްގައި ފަޅު ރަށްތައް ނެތް ކައުންސިލްތަކަށް އެފުރުސަތު މިހާރު ވެސް ދެމުންގެންދަވާ ކަމަށެވެ.


ޓޫރިޒަމް އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާކުރަން ލަސްތަކެއްނުވެ ފެށޭނެކަން ރައީސް ހާމަކުރައްވާފައިވާއިރު، ރަށު ފަތުރުވެރިކަމުގެ ސިނާއަތުން ސަރުކާރަށް ދައްކާ ޓެކުހުން ވަކި އިންސައްތައެއް އެ ރަށްރަށުގެ ކައުންސިލްތަކަށް ލިބޭގޮތަށް ގާނޫނަށް އިސްލާހުގެނައުމަށް ގަސްތުކުރައްވާ ކަމަށް ވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު

ހިޔަލަ ޕެއާ

އަފިވެސް ބާރު ނެތިގެން އުޅޭނީ ކޮންކަހަލަ ބައްލެއްކަން ރައްޔިތުން ވިސްނާލަފައި ބުނެބަލަ ބައިތުލްމާލު ދަރަހުސްވިޔަސް މިހާވަރެއް މިހުންނަނީ ހަމަ އިންސަނީ ތޮބިއްޔަތް ވީމަބާ

3 months ago

ާއެދުރު

އަދިވެސް ބާރުނުލިބިގެން ރައްޔަތުންނަށް ވީ ވަޢުދު ކޮބާ؟

3 months ago