ރާއްޖޭގެ ތިން މިނިސްޓަރުން 4 ދުވަހަށް ޗައިނާ އަށް

3 months ago

އަފްރާހް

ރާއްޖޭގެ ތިން މިނިސްޓަރުން 4 ދުވަހަށް ޗައިނާ އަށް މިއަދު ފުރާވަޑައިގެންފިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.


އެ މިނިސްޓްރީން ވިދާޅުވީ އެގައުމަށް ފުރާވަޑައިގަތީ ފޮރިން މިނިސްޓަރ މުސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުލް މުއްތަލިބް ކަމަށެވެ.


މިއީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ކުރައްވާ 4 ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކަަމަށް ވެސް ވިދާޅުވެއެވެ.


މި ދަތުރުގައި މިނިސްޓަރު ޒަމީރު، ޗައިނާގެ ފޮރިން މިނިސްޓަރާއި އެގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގައި މަޝްރޫއުތައް މީގެކުުރިން ހިންގާފައިވާ ޗައިނާގެ ކުންފުނިތަކާއެކު ވެސް ބައްދަލުކުރައްވައި، މަޝްވަރާ ކުރެއްވުމަށް ވެސް ހަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.


ތިން މިނިސްޓަރުން ޗައިނާ އަށް ފުރާވަޑައިގެންނެވިއިރު، އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލިޒިން ވަނީ މި މަހުގެ 10 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.


ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ރާއްޖޭން މިވަގުތަށް އެންމެ ބޭނުންވާނެ ކަންކަން އޮޅުންފިލުއްވައި އެކަންކަން ކޮށްދިނުމަށް ޗައިނާ ސަރުކާރަށް ވެވެންއޮތް އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެކަމުގައި ވިދާޅުވެފައެވެ. 


ކިޔުންތެރިންގެ ހިޔާލު