އުލިގަމުގެ އަންހެން ކަނބަލުންނަށް ހާއްސަ ކްލާސްތަކެއް ކުރިއަށް ގެންގޮސްފި

3 months ago

އަފްރާހް

ފަަހަން ދަސްކޮށްދީ ވިޔަފާރިން ނަފާ ހޯދަން ދަސްކޮށްދިނުމަށް އުލިގަމުގައި ކުރިއަށް ގެންގޮސްފިއެވެ.


ޚިދުމަތް ޖަމިއްޔާ އިން މިކަމާއިގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ މިއީ ރާއްޖޭގެ 10 ސަރަހައްދެއްގައި ފަހަން ދަސްކޮށްދިނުމުގެ މަގުސަދުގައި ފެށި ޕްރޮގްރާމުގެ ތެރެއިން ދެވަނަ ޕްރޮޖެކްޓު ކަމަށެވެ.


މި ޕްރޮޖެކްޓުގައި އުލިގަމުގެ 30 އަަންހެން ކަނބަލަކަށް ފަހަން ދަސްކޮށްދީ، އެންޓަރޕްރިނިއަރޝިޕް ބިޒްނެސް ސްކިލްސް ކްލާސްތައް ނަގައިދީފައިވާ ކަމަށް ވެސް ވިދާޅުވެއެވެ. އަދި މި ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޖުލައި 19 ވަނަ ދުވަުގެ ރޭ ކަމަށް ވެސް ވިދާޅުވިއެވެ.


އުލިގަމު ކޮންވެންޝަން ސެންޓަރުގައިި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޝައިޚް ހުސައިން ރީހާންއެވެ. އަދި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.


މީގެއިތުރުން މި ބައިވެރިންގެ ތެރެއިން ދެ ބައިވެރިއަކު ހޮވައި، ޚިދުމަތް ޖަމިއްޔާއިން ވަނީ ފަހާފަޮއްޓާއި ފަހަންބޭނުންވާ ސާމާނު ދީފައެވެ.


ޚިދުމަތް ޖަމިއްޔާ އިން ވިދާޅުވީ މި ޕްރޮގްރާމުގައި ފަހަން ދަސްކޮށްދޭ ކްލާސްތައް ނަންގަވައިދެއްވީ ޓޮޕްސީ ޓްރެއިނިންގ ސެންޓަރުގެ މުދައްރިބުން ކަމަށެވެ. އަދި އެންޓަރޕްރިނިއަރޝިޕް ޕްރޮގްރާުގެ ބިޒްނެސް ސްކިލްސް ކްލާސް ނަގައިދިނީ ދަ ވައިބް ޖަމިއްޔާގެ ފަރާތުން ކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު