ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ދެވަނަ ފަހަރަށް ތަޅާލައިފި

3 months ago

އަފްރާހް

ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ދެވަނަ ފަހަރަށް ތަޅާލައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ދެވަނަ ފަހަރަށް ތަޅާލާފައިވަނީ ޖުލައި 19 ވަނަ ދުވަހުގެރޭ ފަތިހު 04:32 ހާއިރު ގާބުރިއަކުން ޖަހައި ކަމަށެވެ. އަދި އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިތައް ތަޅާލާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.


މިއީ އެ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ތަޅައިލި ދެވަނަ ފަހަރުކަމަށްވާއިރު، މި ޖުަލއި މަހުގެ 15 ވީ ހޯމަ ދުވަހުގެރޭ ވެސް ކޭއެފްސީގެ ބިއްލޫރިތައް ވަނީ ތަޅައިލާފައެެވެ.


މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، މި ދެ ހާދިސާއާއި ގުޅިގެން ވެސް އެއްވެސް މީހަކު މިހައިތަނަށް ހައްޔަރުނުކުރާ ކަމަށް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު