ފިޔަވަތީގައި ތިބި ކުދިންނަށް ކުރިއަށް ގެންދިޔަ ލެގޯ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

3 months ago

އަފްރާހް

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކުދިން ބަލަހައްޓަމުންދާ ފިޔަވަތިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ލެގޯ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.


މިއީ ކުދިންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލުމަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނަތީޖާ ފާޅުކުރުން ބާއްވާފައިވަނީ ޖުލައި 19 ވީީ ހުކުރު ދުވަހުގެ ހަވީރުއެވެ.


ފިޔަވަތިން ވިދާޅުވީ ވިދާޅުވީ މި މުބާރާތް ވެގެންދިޔައީ ކުދިންގެ ތަފާތު ހުނަރުތައް ދައްކާލުމަށް ލިބިގެންދިޔަ އަގުހުރި ފުރުސަތަކަކަށް ކަމަށެވެ. މިގޮތުން ކާރާއި، ގެއާއި، ޓްރަކްފަދަ އެކި ކަހަލަ ތަކެތި ރާވާ، މި މުބާރާތުގެ ތެރެއިން ދައްކާލާފައިވާއިރު، ގުޅިގެން އެކަކު އަނެކަކާއެކު މަސައްކަތްކުރުމަށް މި މުބާރާތުގެ ތެރެއިން މަގުފަހިވެގެންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ކުދިންގެ ހުނަރުތައް ދައްކައިލާ، ކުދިންގެ އުފެއްދުންތެރިކަން ތަރައްގީކުރުމަށް ބާރު އެޅުމެވެ. އަދި ކުޅިވަރުގެ ތެރެއިން ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ދަސްކޮށްދިނުމެވެ. އަދި ވަގުތައް ކަންކަން ނިންމުމަށް ބާރު އެޅުމާއި އެއްކުޖަކު އަނެއްކުއްޖަކާއި އެއްޗެހި ހިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ރީތި އާދަތައް ދަސްކޮށްދިނުމަކީ ވެސް މި މުބާރާތޔގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.


މި މުބާރާތުގައި 10 އަހަރުން މަތީގެ 40 ކުދިން ބައިވެއިވެފައިވާއިރު، އެ ހުރިހައި ކުދިންނަށް ވެސް ވަނީ އިނާމު ހަވާލު ކުރެވިފައެވެ. އަދި މި މުބާރާތުގެ ސަބަބުން ކުދިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބި، އެކުދިން ޝައުގުވެރިވާ ހަރަކާތެއްގައި ބައިވެރިވެ، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވުމުގެ ހިތްހަމަޖެހުން ކުދިންނަށް ލިބިގެން ގޮސްފައިވާކަން ފިޔަވަތިން ފާހަގަކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު