ކޭއެފްސީ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގާ މީހަކު ހައްޔަރުކޮށްފި

3 months ago

އަފްރާހް

ކޭއެފްސީ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ ދިވެއްސެއް ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ ޖުލައި 20 ވަނަ ދުވަހު ކަމަށެވެ.


ފުލުހުން ވިދާޅުވީ މިއީ ޖުލައި 15 ވީ ހޯމަ ދުވަހުގެރޭ ކޭއެފްސީގެ ބިއްލޫރިތައް ތަޅައިލި މައްސަލައިގާ ހައްޔަރުކުރި މީހެއް ކަމަށެވެ.


އެމީހާ ހައްޔަރުކޮށްފައިވާއިރު، އެ ރެސްޓޯރެންޓުގެ ރޭ ފަތިހު 04:32 ހާއިރު ގާބުރިއަކުން ޖަހައި ވަނީ ތަޅާލާފައެވެ.


އެހެންނަމަވެސް ރޭގެ ހާދިސާއާއި ގުޅިގެން ވެސް އެއްވެސް މީހަކު މިހައިތަނަށް ހައްޔަރުނުކުރާ ކަމަށް ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު