ކޮރަޕްޝަން ނައްތައިލުމަށް ރައީސް ވަނީ ވަރަށް ސާފު އިރުޝާދެއް ދެއްވާފަ: މިނިސްޓަރ އިހްސާން

3 months ago

އަފްރާހް

ކޮރަޕްޝަން ނައްތާލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ސާފު އިރުޝާދު ދެއްވާފައިވާ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.


"ނާރެސް" ޕޯޓަލާއި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އެފަދަ ކަންކަމަށް ގެންގުޅޭނީ ޒީރޯ ޓޮލަރެންސް ކަމަށެވެ.


އެގޮތުން މިފަހުން ކަރެކްޝަނަލް ސަރވިސްގެ 18 އޮފިސަރަކާ ދެކޮޅަށް މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނަކީ ވެސް ކޮރަޕްޝަން ހުއްޓުވުމަށް ކުރިއަށްގެންދިޔަ މުހިއްމު އޮޕަރޭޝަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.


ދާޚިލީ ވުޒާރާގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި އަމާންކަމާއެކު އުޅެވޭނެ މާހައުލެއް ގާއިމުކުރުން ކަމަށާއި ހާއްސަކޮށް ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި އެފަދަ އެއްވެސް ކަމެއްގެ ޒައްރެއްގެ މިންވަރު ވެސް ނުބޭއްވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


މީގެއިތުރުން ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ އެންމެން އެދޭ އެދުންކަން ފާހަގަކުރައްވައި، ނަޒާހަތްތެރިކަމާއެކު ޚިދުމަތްކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރ އިހްސާން ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު