ހުޅުލެ ފަޅުގައި އޮތް ލޯންޗެއްގައި ރޯވި އަލިފާން ނިއްވާލައިފި

3 months ago

އަފްރާހް

ހުޅުލެ ފަޅުގައި އޮތް ލޯންޗެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވެފައިވަނީ ހުޅުލެ ފަޅުގައި އޮތް އޮޒެން ރިޒަރވް ބޮލިފުށި ރިސޯޓުގެ "އަލްދޫރަ" ނަމަކަށް ކިޔާ ލޯންޗެއްގެ އިންޖީން ރޫމްގައި ކަމަށެވެ.


އެ އިދާރާ އިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް މިއަދު 2:48 ހާއިރު، މާލެ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.


ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ ލޯންޗުގެ އިންޖީން ރޫމްގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ މިއަދު 3:46 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.


އެ އިދާރާ އިން އިތުރަށް ވިދާޅުވީ މި ހާދިސާގައި އެ ލޯންޗުގެ އިންޖީނާއި އިންޖީން ރޫމަށް ގެއްލުންވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު