50 މީޓަރު ފްރީސްޓައިލް ގައުމީ ރެކޯޑު ޢުލްޔާ އައުކޮށްފި

3 months ago

އަފްރާހް

50 މީޓަރު ފްރީސްޓައިލް ގައުމީ ރެކޯޑު ޢާއިޝަަތު ޢުލްޔާ ޝާއިޤް އައުކޮށްފިއެވެ.


އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯރޑް ޢުލްޔާ އައުކުރީ އޮސްޓްރޭލިއާ ގައި ކުރިއަށް ދިޔަ ދި ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ (ޔޫ.ޑަބްލިއު.އޭ) ވެސްޓް ކޯސްޓް ކްލަބް ނައިޓް ނަންބަރ 7 މީޓްގައެވެ.


އޭނާ މި އިވެންޓު ނިންމާފައިވަނީ 00:28.75 އިންނެވެ.


މިއިވެންޓުގެ ޤގައުމީ ރެކޯޑް އެންމެ ފަހުން ވެސް އައު ކޮށްފައިވަނީ ޢުލްޔާ އެވެ. އެއީ މިދިޔަ މަހު އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ބްރޭކަރސް ބިގް ސްޕްލޭޝް ޖޫން 2024 މީޓްގައެވެ. އެފަހަރު އިވެންޓު ފުރިހަމަކޮށްފައިވަނީ 00:28.81 އިން ފުރިހަމަކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު