ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރުން ޗައިނާ އަށް ފުރާވަޑައިގެންފި

3 months ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރުން ޗައިނާ އަށް ފުރާވަޑައިގެންފިއެވެ.


ޗައިނާ-ދެކުނު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި މި ފަސް މެމްބަރުންގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމްއެވެ.


މި ފޯރަމުގައި ނާޒިމް، ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.


ޗައިނާއަށް ވަޑައިގެންނެވި މަޖިލިސް މެމްބަރުންނަކީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ (އައިބީ) އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އާއި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުއްގާދިރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ.


މަޖިލިސް މެމްބަރުން ޗައިނާ އަށް ވަޑައިގެންނެވި، ތިން މިނިސްޓަރަކު ވެސް ވަނީ ރަސްމީ ދަތުރެއްގައި އެގައުމަށް ވަޑައިގެންފައެވެެ. އެއީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް އަދި އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުއްމުއްތަލިބެވެ. 


ކިޔުންތެރިންގެ ހިޔާލު

އަދުރޭ

ޙަރަދު ކުޑަކުރަން ކުރާމަސަތްކަތައް މަރުހަބާ ދަންނަވަން

3 months ago