ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ތަޅާލި މީހާގެ ބަންދަށް 30 ދުވަސް

3 months ago

އަފްރާހް

ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ތަޅާލި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.


އެ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ދެފަހަރެއްގެ މަތީން ތަޅާލާފައިވާއިރު، މިހައިތަނަށް ހައްޔަރުކޮށްފައިވަނީ ޖުލައި 15 ވީ ހޯމަ ދުވަހުގެ ހާދިސާއާއި ގުޅިގެން ހައްޔަރުކުރި މީހާއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެފައިވަނީ އެއީ އުމުރުން 48 އަހަރުގެ ދިވެއްސެއް ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވަނީ ޖުލައި 20 ވަނަ ދުވަހު ކަމަށެވެ.


އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.


ކޭއެފްސީގެ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ދެވަނަފަަރަށް ތަޅައިލާފައިވަނީ ޖުލައި 19 ވަނަ ދުވަހުގެރޭ ފަތިހު 04:32 ހާއިރު ގާބުރިއަކުން ޖަހައި ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް މި މައްސަލައިގާ އެއްވެސް މީހަކު މިހައިތަނަށް ހައްޔަރެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު