5 months ago
މީސްމީޑިއާގެ އެކި މަންސަތަކަކީ ތަފާތު އެކި ވާހަކަ ބުނެދޭ ތަނެކެވެ. މުޖުތަމައުގައި ހުރި އެތައް މައްސަލަތަކެއްގެ ވާހަކަ ފެންމަތިކުރުވައެެވެ. އެފަދަ ބައެއް މައްސަލަތަކުގެ ހައްލު ވެސް ހޯދެއެވެ.
އެހެންކަމުން މީސްމީޑިއާ ވެފައި މިވަނީ އެންމެގާތް އެކުވެރިޔާއަށެވެ. ބައެއްފަހަރު އެންމެބޮޑު ހަތުރަށް ވީ ނަމަވެސް މެއެވެ.
އެގޮތުން މީސްމީޑިއާގެ މަންސަތަކުގައި މިއަދު އާންމުވި އެންމެ ފޮޓޯގަނޑަކުން އަޅުގަނޑުމެންގެ އިޖުތިމާއީ އަދި ސިއްހީ އެތައް ކަމެއް ފާހަގަވިއެވެ. އެ ފޮޓޯގަނޑުގައި ފެންނަނީ ކޮށާފައިހުރި ބައިވަރު ފޯއްތަކެއް ކިރަން މީހަކު ހުރިތަނެވެ. ކެރަމްބޯޑެއްގެ މަތީގައާއި ތަޅުންގަނޑުމަތި ފުރިފައި އޮތީ ފޯކުންނެވެ. ބެލެވޭ ގޮތުގައި އެ ފޮޓޯއިން ފެންނަނީ ބިދޭސީއެކެވެ. އަދި އެއީ ފޯއް ކޮށައިގެން ވިއްކުމަށް ވިޔަފާރިކުރާ މީހެކެވެ. ނުވަތަ އެ މަސައްކަތް ކުރުމަށް ހަވާލުވެހުރި މީހާއެވެ.
ފެންނަފެނުމަށް އެ ކޮޓަރީގައި ވެންޓިލޭޝަނެއް ވެސް ނެތެވެ. އަދި ކުނިކަހަން ގެންގުޅޭ ފިހިގަނޑު ފޯއްތަކުގެ މަތީގައި ހުރިިއިރު، އެމީހާ އެ މަސައްކަތް ކުރަމުން ދަނީ ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ވެސް ނުދީކަން ފާހަގަކުރެވެއެވެ. އެހެނީ އޭނާ ހުރީ އަންގިއެއް ވެސް ނުލައްވާ ކަމަށްވާތީ، އެއީ ކޮންމެ ދުވަހަކު ވެސް އެކަން ކުރަމުން އަންނަ އުސޫލުކަން ފާހަގަކުރެވެއެވެ.
ދުފާ އެއްޗިއްސަކީ ސިއްހަތަށް ކިތަންމެ ނުރައްކާތެރި އެއްޗެއްނަމަވެސް، ދުފުމަކީ ދިވެހީންގެ ކިބައިގާ ކާބަފައި ޒަމާނުއްސުރެ ހިފާފައި ހުންނަ އާދައެކެވެ. ކެއަށްފަހުއާއި ކޮފީއެއް، ސައިތައްޓެއް އަދި ފެންފޮދެެއް ބޯލިޔަސް ދުފަން ބޭނުންވާ މީހުން ބައިވަރެވެ. އަދި އެއްވެސް އެއްޗެއް ނުކައި ނުވަތަ ނުބޮއެ ހަމައެކަނި ދުފާލަން ބޭނުންވާ މީހުން ވެސް މަދެއްނޫނެވެ.
ކަންމިހެން އޮތްއިރު، ފޯއް ކޮށައިގެން ވިއްކައި، އާމްދަނީ ހޯދުމަކީ ވެސް ދިވެހީން އަބަދު ވެސް ކުރަމުން އަންނަ މަސައްކަތެެވެ. އެކަމަކު ޒަމާނަަށް އައި ބަދަލާއެކު އެ ހުރިހައި ކަމެއް ބަދަލުވެއްޖެއެވެ. ދިވެހީން ކުރަމުން އައި ކިތަންމެ ކަމެއް ބިދޭސީން ކުރަން ފަށައި، އެތައް ފައިސާއެއް ގައުމުން ބޭރަށްދަނީއެވެ.
ކޮންމެއަކަސް އެވެރީންގެ މަސައްކަތް ކޮންމެގޮތަކަށް ހުއްޓަސް 'އަމިއްލައަށް ކަނުބަނދެވިގެން' ތިބޭއިރު، މިފަދަ ކަންކަމަށް ވިސްނައިނުލާ ތިބެވޭކަށް ނެތެއް ނޫންތޯއެވެ. މި ފޮޓޯގަނޑުން ވެސް އެތައް ވާހަކަތަކެއް ބުނެދެއެވެ. އެކި މީހުންނަށް އެކިވާހަކައެވެ.
ތިބޭފުޅާއަށް ދޭހަވަނީ ކޮންކަމެއްތޯއެވެ؟
ނިރު
ކިތަންމެ މުޑުދާރަސް ބޮސްއަށް އެގޮތް ކަމުދަންޏާ އޯކޭނު
5 months ago