އިސްލާމިކް މިނިސްޓްރީގެ މީޑިއާ މައުރަޒު ފަށައިފި

3 months ago

އަފްރާހް

އިސްލާމިކް މިނިސްޓްރީގެ މީޑިއާ މައުރަޒު ފަށައިފިއެވެ.


ޖުލައި 21 ވީ އާދީއްތަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މައުރަޒު އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް އަލްއުސްތާޛު ހުސެއިން މުހައްމަދު ލަތީފް އެވެ.


މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.


މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޤައުމުގެ ރިޔާސަތާ ޙަވާލުވެވަޑައިގަތްތާ އަށް މަސް ފުރޭ މުނާސަބަތާ ގުޅިގެން އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައިވާ ކަންތައްތަކުގެ ތެރެއިން އިސްލާމީ ދާއިރާއިން މިހައިތަނަށް ހާސިލުކުރެވިފައިވާ ކަންކަން މީޑިއާއާ ހިއްސާކުރެއްވުމަށް ބާއްވަވާ މައުރަޒެކެވެ.


މި މައުރަޒުގައި އިސްލާމިކް މިނިސްޓްރީގެ އެކި ސެކްޝަންތަކާއި އިދާރާތަކުގެ ސްޓޯލްތައް ވަނީ ބަހައްޓާފައެވެ. އަދި މި ސްޓޯލްތަކުން އެ ސެކްޝަނުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ދެމުންދާނެއެވެ.


އެގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް، މޮސްކް މެނޭޖްމެންޓް ސެކްޝަން، ަބްލިކޭޝަން ޔުނިޓް އަދި ޙަލާލް ސެޓްފިކޭޝަން ޔުނިޓް ގެ ސްޓޯލް ވަނީ ބަހައްޓާފައެވެ. އަދި ޙައްޖާއި ޢުމްރާއާ ބެހޭ ޔުނިޓް، އިސްލާމިކް ދަޢުވާ، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު ގެ ސްޓޯކު ވެސް ހުރެއެވެ.


މީގެއިތުރުން މިނިސްޓަރ ބިއުރޯ އާއި އައުޤާފް އެންޑް އިންފްރާސްޓަކްޗަރ ގެ ސްޓޯޅުން ވެސް މައުލޫމާތު ހިއްސާ ކުރަމުންދާނެއެވެ.


މި މައުރަޒު، ޖުލައި 22 ވަނަ ދުވަހުގެ ހެނދުނު 9 ން އިރުއޮއްސި 6 ޖަހަންދެން ކުރިއަށްދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު