"އޭޑީކޭ ސިނަރޖީ" ޑިގު މުބާރާތުގެ ޗެމްޕިއަންކަން ހައްސޫނުއަށް

5 months ago

އޮއިވަރު

އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީސްގެ މުވައްޒަފުންގެ މެދުގައި އުފައްދާފައިވާ "އޭޑީކޭ ސިނަރޖީ" އައު ދައުރަކަށް އިންތިހާބުވުމަށްފަހު، ބޭއްވި ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހުސައިން ހައްސޫން އަހްމަދު ހޯދައިފިއެވެ.


އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީގެ މުވައްޒަފުންގެ މެދުގައި އުފައްދާފައިވާ ރެކްރިއޭޝަން ކްލަބެުން ބާއްވާފައިވަނީ ޑިގު ލީގެކެވެ.


ޖުމްލަ 48 ބައިވެރިންނާއެކު ޑިގު ލީގު ކުރިއަށް ގެންދިޔައީ ލީގު އުސޫލުން ހަތަރު ބުރަށް ބަހައިލައިގެން ކޮންމެ ކުޅުންތެރިއަކު ވެސް ހަތަރު މެޗު ކުޅޭ ގޮތަށެވެ. އަދި ހަތަރު ބުރު ނިމޭއިރު، އެންމެގިނަ ޕޮއިންޓު ހޯދާ ހަތަރު ބައިވެރިން ފައިނަލަށް ދާގޮތަށެވެ.


އެގޮތުން އެންމެގިނަ ގިނަ ޕޮއިންޓު ހޯދައިގެން ފައިނަލް ބުރަށް ހޮވިފައިވަނީ ފާތިމަތު ޒިޔާ އާއި ފާތިމަތު ސާލިޔާ އާއި ހުސައިން ހައްސޫން އަހްމަދު އަދި ސައީދު އަހްމަދު ދީދީއެވެ.


މި ހަތަރު ކުޅުންތެރިންގެ މެދުގައި މިއަދު ކުޅުނު ފައިނަލް ބުރު ހައްސޫން ކާމިޔާބު ކުރީ ޖުމްލަ 4598 ޕޮއިންޓާއެކުގައެވެ. ދެވަނަ ހޯދި ފާތުމަތި ސާލިޔާ (ސާއި) އަށް ލިބުނީ 4510 ޕޮއިންޓެވެ. އަދި ފާތިމަތު ޒިޔާ 4140 ޕޮއިންޓާއެކު ތިންވަނަ ހޯދިއިރު، ހަތަރުވަނައަށް ދިޔަ ސައީދަށް ލިބުނީ 3780 ޕޮއިންޓެވެ.


ފައިނަލް ރައުންޑުގައި ޕޮއިންޓު ގުނާފައިވަނީ ފުރަތަމަ ބުރުން ލިބުނު ޕޮއިންޓު ވެސް ހިމަނައިގެންނެވެ.

ޑިގު ލީގުގެ އެއްވަނަ ހޯދި ހައްސޫން އަށް ބެންކޮކް ދެކޮޅު ޓިކެޓް ލިބުނުއިރު، ރަނަރއަޕް ހޯދި ސާއީ އަށް 1،000 ރުފިޔާގެ ގިފްޓް ވައުޗަރ ވަނީ ދީފައެވެ.


އޭޑީކޭ ހޮސްޕިޓަލުގައި ހުންނަ 'އޭޑީކޭ ސިނަރޖީ ކްލަބު ހައުސްގައި ކުރިއަށް ދިޔަ މި މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްޢާލުއެވެ.


އޭޑީކޭ ގްރޫޕްސް އޮފް ކޮމްޕެނީގެ މުވައްޒަފުންގެ މެދުގައި އުފައްދާފައިވާ ރެކްރިއޭޝަން ކްލަބް، "އޭޑީކޭ ސިނަރޖީ" އިން ވަނީ މާޒީގައި ވެސް ވަނީ ތަފާތު އެކި ކުޅިވަރުތައް މުވައްޒަފުންގެ ދުޅަހެޔޮކަމަށް ބާއްވާފައެވެ.


އެގޮތުން ކެރަމް، ރާޒުވާ، ޑާޓު އަދި ކަރޯކޭ އާއި އިންޑޯ ގިނަ ކުޅިވަރުތަކުގެ މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ.

މީގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެދުވަސްވީ އަދި އެންމެބޮޑު އެއްފުޓްސަލް މުބާރާތް ކަމަށްވާ، ކްލަބް މޯލްޑިވްސް އަދި އެއިޓީން ތާރޓީ ވިމެންސް ފުޓްސަލް މުބާރާތުގައި ވެސް އޭޑީކޭ ސިނަރޖީން ބައިވެރިވެ، ވަނީ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު