ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ދިޔާނާ

3 months ago

އަފްރާހް

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޅ. ހިންނަވަރު ސަންދުރަ، ފާޠިމަތު ދިޔާނާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޔަނުކުރައްވައިފިއެވެ.


ދިޔާނާ މި މަގާމަށް އައްޔަން ކުރެއްވީ ޤާނޫނު ނަންބަރު 2011/8 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ޖުލައި 22 ވަނަ ދުވަހުއެވެ. ދިޔާނާ އަށް މަގާމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.


ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމުގައި ކުރިން ހުންނެވި ދިޔާނާ ކޮމިޝަނަރގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.


ދިޔާނާ މި މަގާމަށް އައްޔަންކުރާއްވާފައިވާއިރު، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ކުރިން ހުންނެވީ ގ. އަތަ، ޔޫސުފް މާނިޢު މުޙައްމަދު ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު