ސްވިމިންގ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ޝާރިފް އިތުރު 4 އަހަރު

3 months ago

އަފްރާހް

ސްވިމިންގ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި މުހައްމަދު ޝާރިފް ބަހައްޓަން ފާސްކޮށްފިއެވެ.


އެ އެސޯސިއޭޝަންގެ އައު ހިންގާ ކޮމެޓީން މިގޮތަށް ފާސްކޮށްފައިވަނީ މިއަދުއެވެ. އެހެންކަމުން މިހާރުވެސް އެ މަގާމުއަދާކުރައްވަމުން ގެންދަވާ ޝާރިފް އިތުރު 4 އަހަރު އެ މަގާމު ފުރުއްވާނެއެވެ.


އޭނާ އެ މަގާމަށް އައްޔަނުކުރަން ނިންމީ ހިންގާ ކޮމިޓީގެ އިއްތިފާގުންނެވެ.


މިޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަބްދުއްސައްތާރެވެ.


ޝާރިފް އަކީ ސްވިމިންގ އެސޯސިއޭޝަންގެ ކަންކަން މީޑިއާ އަށް ތިލަކޮށްދީ، މީޑިއާއާއެކު ވަރަށް ގާތްގުޅުމެއް ބާއްވާ ފަރާތެކެވެ.


ކިޔުންތެރިންގެ ހިޔާލު