ނަމާދުވަގުތަށް މަޖިލީހުގެ ޖަލްސާ މެދުކަނޑައިލުމުން ޢަލީ ރަމީޒުގެ ތައުރީފް

3 months ago

އަފްރާހް

ނަމާދުވަގުތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެދުކަނޑައިލުމުން ޢަލީ ރަމީޒުގެ ތައުރީފް ކުރައްވައިފިއެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޢަލީ ވިދާޅުވީ މިއީ ތާރީޚީ ދުވަހެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި ނަމާދުވަގުތު ޖެހުމުން ފުރަތަމަފަހަރަށް މަޖިލީހުގައި ބަންގީގެ އަޑު އިއްވައިފި ކަމަށެވެ.


"ﷲ ހެޔޮ ޖަޒާ ދެއްވާށި. ބޭފުޅުންނޭ. ނަމަނަމަ ނަމާދު މިސްނުކުރައްވާތި" ޢަލީގެ ޕޯސްޓުގައި ވެއެވެ.


 


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ދާއިރު، ނަމާދު ވަގުތު ޖެހިއްޖެނަމަ، ބަންގީގެ އަޑު އިވޭ ގޮތަށް ހަދަން ފެށީ މިއަދުއެވެ. އެގޮތުން ފުރަތަމަފަހަރަށް މިއަދު ވަނީ މަޖިލިހުގެ ޖަލްސާ ކުރިއަށް ދަނިކޮށް މެންދުރު ނަމާދުގެ ވަގުތު ޖެހުމާއިއެކު މަޖިލިހުގެ ތަޅުމުން ބަންގީގެ އަޑު އިއްވާފައެވެ.


މީގެ ކުރީން ބަންގީގެ ވަގުތު އައި ކަމުގައި ވިޔަސް މަޖިލިސް މެދުކަނޑާނުލައި ކުރިއަށް ގެންދެއެވެ. އެހެންނަމަވެސް ޓީވީތަކުގެ ލައިވް ބަންގީގެ ވަގުތަށް މެދުކަނޑާލައެވެ.


ކިޔުންތެރިންގެ ހިޔާލު

ކަފަކޮށީކަލޭގެ

މުހިންމީ ބަންގީގެ އަޑުއިއްވުމެއްނޫން.މުހިންމީ ޖަލްސާ މެދުކަނޑާލައިފާ ނަމާދު ވެސް ކޮށްލުން .އެހެންނޫންތޯ

3 months ago