ދާނުގައި ތިބޭ މީހުންނަށް ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަޝްވަރާކޮށްފި

3 months ago

އަފްރާހް

ދާނުގައި ތިބޭ އިސްރަށްވެހިންނަށް ގާތުން ޚިދުމަތް ފޯރުކޮށްދިނުމާއެކު، މިހާރު ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށްފިއެވެ.


އެގޮތުން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ އެލްޑަރލީ ރައިޓްސް އެންޑް ވެލް ބީންގް ސެކްޝަނުން ވަނީ ހުޅުމާލެ ހޮސްޕިޓަލާއި ދަމަނަވެށީގެ ބޭފުޅުންނާއި ބައްދަލުކުރައްވާ ދާނުގައި ތިބޭ އިސްރަށްވެހިންނަށް ޚިދުމަތް ދޭނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.


މި ބައްދަލުވުމުގައި ވަނީ، ދާނުގައި ތިބޭ ބަލިމީހުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލަތު ދެނެގަތުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް އިސްތިރާޖީ ޕްލޭނެއް އެކުލަވާލުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ގުޅިގެން މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު