ޒުވާން އާބާދީ ކުރިއެރުވުމަށް ސަރުކާރުން ދަނީ އިސްތިރާޖީ މަސައްކަތްތަކެއް ކުރަމުން

3 months ago

އަފްރާހް

ސަރުކާރުން ދަނީ ޒުވާން އާބާދީގެ ބޭނުން ފުރިހަމަޔަށް ކުރުމަށް ރޭވުންތެރިކަމާއެކު އިސްތިރާޖީ މަސައްކަތްތަކެއް ކުރަމުންކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރިއަށް ގެންދިޔަ 11 ވަނަ ފައިނޭންސް ފޯރަމްގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ހެޔޮވެރިކަމާއި ދެފުށްފެންނަ ސިޔާސަތެއްގެ ތެރެއިން އިޤގްތިސާދީ، އިޖުތިމާޢީ އަދި އީޖާދީ މަގުޗާޓާއެކު، ޒުވާން އާބާދީ ކުރިއެރުވޭނެ ހިތްވަރު ސަރުކާރުގައި ހުރިކަމަށެވެ.


ރާއްޖޭގައި ޒުވާނުންގެ ބޮޑު އާބާދީއެއް މިވަގުތު އޮތްކަމަށާއި ޒުވާން މަސައްކަތްތެރިން ކުރިއަރުވާ، އެ ފަރާތްތަކަށް ބޭނުންވާ މަސައްކަތްތެރިކަމުގެ ހުނަރު ތަރައްގީކުރެވޭނެ ގޮތްތައް ރާވައި، ޒުވާނުންނަށް ފަހި ވަޒީފާގެ ފުރުސަތުތަކުގެ ތެރެއިން އިގްތިސާދީ ދުވެހި ހަލުވިކޮށް، ޒުވާނުންނަކީ މާލީގޮތުން ޒިންމާދާރުވެރި، މަސައްކަތްތެރި އަދި ގައުމީ ކުރިއެރުމަށް މަސައްކަތްކުރާ ބަޔަކަށް ހެދިދާނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ޒުވާނުންނަކީ މިއަދުގެ ލީޑަރުން ކަމަށާއި އެމީހުންގެ ވަޒީފާއަށްޓަކައި ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތްތަކީ، ވަޒީފާގެ ފުރުސަތުތަކަށް ހިތްގައިމު ފުރުސަތުތައް ހޯދައިދިނުމުގެ އަމާޒުގައި ކުރާ މަސައްކަތްތަކެއްކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ސަބަބުން ގައުމުގެ އިގްތިސާދާއި އިޖްތިމާއީ ފޭރާމަށް ތަފާތު ބޮޑު ބަދަލުތަކެއް އަންނާނެކަން ޔަގީންކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު