ކަކުލުގެ ލިގަމަންޓަށް ފަރުވާ ހޯދާ ފަރާތްތަކަށް އުފާވެރި ޚަބަރެއް!

3 months ago

އަފްރާހް

ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗް ގެ ކަށީގެ ޑިޕާޓްމަންޓުން ކަކުލުގެ ލިގަމަންޓަށް ފަރުވާ ދިނުމުގައި އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރަން ފަށައިފިއެވެ.


މިކަން ހާމަކުރައްވައި އައިޖީއެމްއެޗުން ވަނީ މީސްމީޑިއާ އަށް މެސެޖެއް ދޫކުރައްވާފައެވެ.


'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ސީނިއަރ ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން އޯތޯޕީޑިކްސް ޑރ. ހުސައިން ފައިސަލް ވަނީ އައިޖީއެމްއެޗުގައި ކަކުލުގެ ލިގަމެންޓަށް ދެމުންދާ ފަރުވާ އަށް ކުރިއެރުން ފާހަގަކުރައްވާފައެވެ.


އެގޮތުން ކުރިން ފަރުވާ ދެނީ ދެ މަސްގަނޑެއް ނަގައި، އިސްކުރެއް ވެސް ޖަހައިގެން ކަަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ފަރުވާ ދެނީ އެއްމަސްގަނޑު ނަގައިގެން ލިގަމެންޓެއް ތައްޔާރުކޮށްގެން ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން މިހާރު އިސްކުރު ވެސް ނުޖަހާ ކަމަށާއި އެންމެމަސްގަނޑަކުން ފަރުވާ ދިނުމުން ބަލިމީހާ އަވަހަށް ފިޒިއޮތެރަޕީ ހެދުމަށް މަގުފަހުވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އަވަހަށް ކުރިއެރުން ލިބި، ކުޅިވަރުގެ މައިދާނަށް އަވަހަށް ދެވޭގޮތް ވާ ކަމަށް ވެސް ވިދާޅުވިއެވެ.


"މީގެ އެޑްވާންޓޭޖުތައް ވަރަށް ވެސް ގިނަ. އޭގެތެރޭގަ ހާއްސަކޮށް މިފާހަގަކޮށްލެވެނީ އެއް ލިގަމެންޓު ނަގާކަން. ކުރީގަ ދޭތި ނަގާތަނަކުން. ދެން އިސްކުރު ޖެހީމަ އެއްބައި ހާލަތުގަވާގޮތަކީ އިސްކުރު ދޫވާގޮތްވެފަ ހުރޭ." ޑރ. ވިދާޅުވިއެވެ.


އެހެންކަމުން އިސްކުރު ނުޖަހާ ދެކޮޅުގެ ދެ ބަޓަކުން ހަރުކޮށްލީމާ ލިބޭ އެޑްވާންޓޭޖު ބޮޑުކަން ފާހަގަކުރައްވައި ޑރ. ވިދާޅުވީ މިއީ ކުޅިވަރުގެ މައިދާނަށް ނުކުންނަން ބޭނުންވާ ކުދީންނަށް އޮތް އައު އުފާވެރި ޚަބަރެއް ކަމަށެވެ. އަދި މި ފަރުވާ އިން ވަރަށް ގިނަގުނަ ފައިދާތައް ކުރަމުންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.


 


ކިޔުންތެރިންގެ ހިޔާލު

އިއްބެ

ފެންވަރުގެޑޮކުޓަރުންއެބަތިބި އުފާވެރިޚަބަރެއް އެކަމަކުހިތާމައަކީ ޑޮކުޓަރަށްދައްކައިގެން ސާޖަރީހެދުމަށް ކިތައްއަހަރު ކިޔުގައިތިބެންޖެހޭނެތޯއެވެ

3 months ago

އިއްބެ

ތިޔަގޮތަށްޝާނުވެސް އުފާވެރިޚަބަރުދިން އެކަމަކު3އަނބިންވެސްމަދުވެގެން ރާއްޖެއަށްކޮޅުކެހިދީފައިއެންމެފަހުންދުބާއީއަށް (ފަހަކަށްއައިސްފަރުވާވެސްވިޔަފާރިއަކަށްބަދަލުކޮށްފި)

3 months ago

އިއްބެ

ފެންވަރުގެޑޮކުޓަރުންއެބަތިބި އުފާވެރިޚަބަރެއް އެކަމަކުހިތާމައަކީ ޑޮކުޓަރަށްދައްކައިގެން ސާޖަރީހެދުމަށް ކިތައްއަހަރު ކިޔުގައިތިބެންޖެހޭނެތޯއެވެ

3 months ago