އެމްކިއުއޭ އިން އެމްއެންޑީއެފް އާއިއެކު މަޝްވަރާ ކޮށްފި

3 months ago

އަފްރާހް

މޯލްޑިވިސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެޕް) އާއި މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.


މިއީ އެމްއެންޑީއެފް އިން ކުރިއަށްގެންދާ ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.


ޖުލައި 21 ވީ އާދީއްތަ ދުވަހު އެމް.ކިޔު.އޭ ގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ އެމް.އެން.ޑީ.އެފްގައި ހިންގާ ކޯސްތަށް އޮޑިޓްކޮށް، އެކޯސްތައް ކުރިއަށް ގެންދިއުމުގައި އެމް.ކިއު.އޭއާއި ގުޅޭ ކަންކަމާމެދު މަޝްވަރާކުރުމެވެ.


އެމް.ކިއު.އޭ ޕްރޮޤްރާމް އޮޑިޓްކުރުމުގެ ބެނުމަކީ އެމް.އެން.ޑީއެފްގެ ދަށުން ރާއްޖޭގެ ސިފައިން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ކޯސްތަކަކީ އެމް.ކިއު.އޭގެ ގަވާއިދުތަކާއި އުސޫލުތަކަށް އެއްގޮތަށް ހިންގާ ކޯސްތަކެއްކަން ކަށަވަރުކުރެއްވުމެވެ.


އެމް.އެން.ޑި.އެފްގެ ދަށުން ހިންގާ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް (ސީ.ޑީ.އެސް.އެސް) ގެ ކޯސްތަކުގެ ތެރޭގައި ކޯޕޮރަލް ޓްރެއިނިންގ، ލީޑަރޝިޕް ކޯސްތަކުގެ އިތުރުން ވެސް ތަފާތު އެކިއެކި ކޯސްތައް ހިމެނެއެވެ.


މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވޮލޮޕްމަންޓް ގެ ދަށުން ހިންގާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން، އެކި އެކި ކޮލެޖް، އިންސްޓިޓިއުޓް ތަކުގެ އިތުރުން މުއައްސަސާތަކާއި އެކު ބައްދަލުވުންތައް ބާއްވާ، އެ އިދާރާތަކުން ހިންގާ ކޯސްތަކަކީ ފެންވަރު ރަގަޅު ކޯސްތަކަކަށް ހެދުމަށް ބޭނުންވާ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު