ފުޅަދޫގައި ބެލެނިވެރިކަމުގެ ޕްރޮގްރާމެއް ބާއްވައިފި

3 months ago

އަފްރާހް

ބ. ފުޅަދޫގެ ޔޫތް ޑިވެލޮޕްމަންޓް ސޮސައިޓީ އެކު ބެލެނިވެރިންނަށް އަމާޒުކޮށްގެން ބެލެނިވެރިކަމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ.


މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.


މި ޕްރޮގްރާމުގައި ބެލެނިވެރިއެއްގެ ހައިސިއްޔަތުން ސަމާލުކަން ދޭންޖެހޭނެ ކަންކަމާއި ޢާއިލީ ދިރިއުޅުމުގައްޔާއި މުޖުތަމަޢުގައި ހަމަޖެހުން ގެނައުމަށް ކުރެވޭނެ ކަންކަމާއިގުޅޭ ގޮތުން ވަނީ ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައެވެ.


ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމު، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ނަންގަވައިދެއްވާފައި ވަނީ ލީޑް ސޯޝަލް ސަރވިސް ވޯކަރ އަކްރަމް ހުސެއިން އެވެ.


ކިޔުންތެރިންގެ ހިޔާލު