ދީމާ އަށް މަރުހަބާ ކިޔުމަށް ހާއްސަ ހަރަކާތެއް މިއަދު ބާއްވަނީ

5 months ago

އަފްރާހް

ރާއްޖެއިން ފުރަތަމަ ފަހަރަށް އޮލިމްޕިކްސް އަށް ކޮލިފައިވި އެތުލީޓު، ފާތިމަތު ދީމާ އަލީ އަށް މަރުހަބާ ކިޔުމަށް ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.


ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މި ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ މިއަދު މެންދުރު 2 ޖަހާއިރު ސޯޝަލް ސެންޓަރުގައެވެ.


އެ މިނިސްޓްރީން ވަނީ މި ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު، ދިވެހި ގައުމީ ޖާރޒީ ނުވަތަ ރަތްކުލައިގެ ހެދުމެއްގައި ބައިވެރިވުމަށް އެދިލައްވާފައެވެ.


މިއަހަރުގެ ޖުލައި މަހު ފްރާންސްގެ ޕެރިހުގައި އޮންނަ އޮލިމްޕިކްސް އަށް ދީމާ ކޮލިފައިވީ ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއާ ރީޖަންގެ ކޮލިފިކޭޝަން ޓޯނަމެންޓްގައި ސިންގަލްސްއިން ޗެމްޕިއަންކަން ހޯދައިގެންނެވެ.


ދީމާ އަކީ އިންޑިވިޖުއަލް ކުޅިވަރުތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ޅަ އުމުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކުޅުންތެރިޔެކެވެ. އޭނާ ވަނީ އިންޑިއަން އޯޝަން ގޭމްސްއާއި ކޮމަންވެލްތު ގޭމްސްގައި ރާއްޖެ މީގެކުރިން ތަމްސީލުކޮށް ކާމިޔާބީތަކެއް ހޯދާފައެވެ.


އެގޮތުން 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖެއަށް ތިން ރަން މެޑަލް ހޯދާފައިވާއިރު، ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ވަނީ ހާދާފައެވެ.


ކިޔުންތެރިންގެ ހިޔާލު