ޒުވާނުން ތަމްރީންކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ފަހުމުނާމާއެއް

3 months ago

އަފްރާހް

ޒުވާނުން ތަމްރީންކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އާއި މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ކޮލެޖް (އެމް.އައި.ޓީ) އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.


ނެޝަނަލް އެޕްރެޓެންސްޝިޕް ޕްރޮގްރާމް އަދި ނެޝަނަލް ޓްރޭޑްޓެސްޓިންގ އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން ތަމްރީނު ފޯރުކޮށްދިނުމަށް މި ފަހުމުނާމައިގާ ސޮއިކޮށްފައިވަނީ މި މަހުގެ 22 ވީ ހޯމަ ދުވަހުއެވެ. މި ފަހުމުނާމައިގާ އެމްއައިޓީ ކޮލެޖުގެ މެނޭޖަރ އިބްރާހިމް ހަސަން ސޮއި ކުރެއްވިއިރު، އެމްއެންއެސްޑީ ގެ ފަރާތުން ސޮއެކުރެއްވީ އެ އިދާރާގެ ސީ.އީ.އޯ، ޑރ. ޒަހްރާ މުޙައްމަދެވެ.


2008 ވަނަ އަހަރުން ފެށިގެން ގައުމީ ފެންވަރުގައި ތަމްރީނުތައް ފޯރުކޮށްދެމުން އަންނަ އެމްއައިޓީ ކޮލެޖުން ވަނީ 47 ޕްރޮގްރާމެއް އެމް.އެން.އެސް.ޑީ.އޭގައި ރަޖިސްޓަރ ކޮށްފައެވެ.


އެގޮތުން ރަސްމީ ނިޒާމުގެ ތެރެއިން ނެޝަނަލް އެޕްރެޓެސްޝިޕް ހިންގުމަށް 9 ޖޫން 2022 ގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، 361 ދަރިވަރުން ވަނީ ތަމްރީނު ހާސިލުކޮށްފައެވެ. އަދި 30 ޖަނަވަރީ 2023 ސޮއިކުރެވުނު އެއްބަސްވުމަށްފަހު، ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން 70 ދަރިވަރުން ވަނީ ސެޓްފިކެޓް ހާސިލުކޮއްފައެވެ.


މި ދެ ޕްރޮގްރާމްގެ މަގްސަދަކީ ޒުވާނުންގެ ހުނަރު އިރުތުކުރުމާއި ވަޒީފާގެ ބާޒާރުގައި މީހުން އުފެއްދުމެވެ. އެގޮތުން، ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓްފިކޭޝަން ޕްރޮގްރާމްގެ ދަށުން އެކި ދާއިރާތަކުގެ އެކި މަސައްކަތްތަކާއި ގުޅޭ ތަފާތު ހުނަރުތައް ހުރި ބޭފުޅުންނަށް ރަސްމީ ތަޢުލީމި ނިޒާމަށް ވަދެ، އެދާއިރާ އިން ސަނަދު ހާސިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު