ރާއްޖޭގެ ކޮންޓިންޖެންޓް ޕެރިހަށް ފުރައިފި

2 months ago

އަފްރާހް

ފްރާންސްގެ ޕެރިހުގައި ބާއްވާ އޮލިމްޕިކްސްގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓު އެގައުމަށް ފުރައިފިއެެވެ.


މި ކޮންޓިންޖެންޓު ފުރީ މިއަދުއެވެ.


ފްރާންސް އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާ އެތްލީޓުންނާ ދިދަ ހަވާލުކޮށްފިއެވެ. މި މުބާރާތުގައި ރާއްޖޭގެ ދިދަ އުފުލާނީ ފާތިމަތު ދީމާ ޢަލީއާއި އިބާދު އާދަމް އެވެ. މި ދެ އެތްލީޓުންނާ ރާއްޖޭގެ ދިދަ ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ޖުލައި 26 އިން އޮގަސްޓް 11 ވަނަ ދުވަހަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭން ބައިވެރިވަނީ ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިންގ އަދި ޓޭބަލް ޓެނިހުގައެވެ.


ދީމާއަކީ ރާއްޖޭގެ ކުޅިވަރު ތާރީޚުގައި ފުރަތަމަ ފަހަރަށް އޮލިމްޕިކްސް އަށް ކޮލިފައިވެގެން ވާދަކުރާ ފުރަތަމަ ކުޅުންތެރިޔާއެވެ. އުމުރުން 16 އަހަރުގެ ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވީ ދެކުނު އޭޝިއާގެ ކޮލިފައިން ބުރުގައި ވާދަކޮށްގެންނެވެ.


އިބާދު ވަނީ އެތުލެޓިކްސް އެސޯސިއޭޝަނުން ބެލި ޓައިމް ޓްރަޔަލްސްތަކުގައި އެންމެ ރަނގަޅު ނަތީޖާ އެއް ނެރުނު އެތުލީޓެވެ.


މިފަހަރުގެ އޮލިމްޕިކްސްގައި ބެޑްމިންޓަނުން ވާދަކުރާ ފާތިމަތު ނަބާހާއަކީ ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓެވެ. އޮލިމްޕިކްސްގެ ފެތުމުގެ އިވެންޓުގައި ރާއްޖެ ތަމްސީލުކުރަނީ މުޙައްމަދު އާން ޙުސައިން އަދި ޢާއިޝަތު ޢުލްޔާ ޝާއިޤްއެވެ.


ރާއްޖެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަންގެ ގޮތުގައު ހަމަޖައްސާފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދެވެ.


ކިޔުންތެރިންގެ ހިޔާލު