މަޝްރޫއުތަަކަށް ފައިސާ ހޯދަން ޗައިނާ އާއެކު މަޝްވަރާކޮށްފި

3 months ago

އަފްރާހް

ރާއްޖޭގެ މަޝްރޫއުތަަކަށް ފައިސާ ހޯދަން ޗައިނާ އާއެކު މަޝްވަރާކޮށްފިއެވެ.


އެގައުމުގެ ބޭންކު އޮފް ޗައިނާ (އެގްޒިމް ބޭންކް) އާއެކު މި މަޝްވަރާތައް ބާއްވާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ޗައިނާ އަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.


އެގްޒިމް ބޭންކުގެ ޗެއަރމަން ވޫ ފުލިން އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އެންމެ ފަހުގެ އިގްތިސާދީ އަދި މާލީ މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ މާލީ އިސްލާހުގެ ސިޔާސަތުތައް ވެސް ހިއްސާ ކުރެއްވިއެވެ.


މީގެއިތުރުން ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ އިގްތިސާދީ ބޮޑެތި މަޝްރޫއުތަކަށް ފައިނޭންސްކުރުމާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވާކަަމަށް ވަނީ މައުލޫމާތު ލިބިފައެވެ.


މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ޒަމީރު ވަނީ ދެ ގައުމުގެ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަތައް ވެސް ބާއްވާފައެވެ.


ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤާއި ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދު މުއްޠަލިބު ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ބުދަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު