މިނިވަން ދުވަހު ހަވީރު މާލޭގައި ދެގަޑިއިރަށް ވެހިކަލް ދުއްވުން މަނާ

3 months ago

އަފްރާހް

މިއަހަރުގެ މިނިވަން ދުވަހު ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.


އެ ކައުންސިލުން ވިދާޅުވީ މިއީ މިނިވަން ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކާއި ގުޅިގެން ހަމަޖެއްސި ގޮތެއް ކަަމަށެވެ. އެގޮތުން ޖުލައި 26 ވާ ހުކުރު ދުވަހުގެ ހަވީރު 4 ން އިރުއޮއްސި 6 ޖަހަންދެން މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.


ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެއްދިއުމަށް ވަނީ ނިންމާފައެވެ. 


ރާއްޖޭގައި ފާހަގަކުރާ މިފަދަ ދުވަސްތަކުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ ވަކި ގަޑިއެއް ދަނީ ހަމަޖައްސަމުންއެވެ. 


ބޭނުމަކީ އާއިލާ އާއިރައްޓެހިންނާއެކު މަގުމަތީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފުރުސަތު ދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު