ކިޑްސް އިންޓަރސްކޫލު ސްވިމިންގ ފެސްޓިވަލް ފަށައިފި

2 months ago

އަފްރާހް

ކިޑްސް އިންޓަރސްކޫލު ސްވިމިންގ ފެސްޓިވަލް ފަށައިފިއެވެ.


ސްވިމިންގ އެސޯސިއޭޝަނުން ވިދާޅުވި މި ފެސްޓިވަލް ފަށާފައިވަނީ ޖުލައި 23 ވީ އަންގާރަ ދުވަހު ކަމަށެވެ. އަދި 23 ސްކޫލަކުން 485 ކުދިން ބައިވެރިވެފައިވާ ކަމަށެވެ.


މިއަހަރުގެ މުބާރާތް މުބާރާތް ކުރިއަށްދަނީ ބީއެމްއެލް 7 ވަނަ އިންޓަރސްކޫލް ކިޑްސް ސްވިމިންގ ފެސްޓިވަލުގެ ނަމުގައި ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި މުބާރާތުގައި ތިން އުމުރުފުރާ ހިމެނޭ ކަމަށް ވެސް އެސޯސިއޭޝަނުން ވިދާޅުވިއެވެ.


އެގޮތުން އުމުުރުން 5 އަހަރާއި 6 އަހަރާއި ދެމެދާއި 7 އަހަރާއި 8 އަހަރާއި ދެމެދު ކަމަށް ވެސް ވިދާޅުވިއެވެ. އަދި 9 އަހަރާއި 10 އަހަރާއި ދެމެދު ވެސް ހިމެނެއެވެ. މި މުބާރާތް މި މަހުގެ 27 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު