ށ. އަތޮޅު ކައުންސިލުގެ ރައީސް ސިޔާމް، އެލްޖީއޭ ބޯޑަށް

2 months ago

އަފްރާހް

ށ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ސިޔާމް (ޝިޔާންޓޭ)، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އިންތިހާބުވެއްޖެއެވެ.


ސިޔާމް އެލްޖީއޭ ބޯޑަށް އިންތިހާބުވީ އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރަންޖެހޭ މެންބަރު ހޮވުމަށް ޖުލައިި 24 ވީ ބުދަ ދުވަހު ބޭއްވި އިންތިހާބުގައި ކުރި ހޯއްދަވައިގެންނެވެ. މި އިންތިހާބުގައި ދެން ވާދަކުރެއްވީ ހައްދުންމަތީ ކައުންސިލުގެ ރައީސް އިސްމާޢީލް ޢަލީއެވެ.


މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 18 ފަރާތަކަށް ލިބިފައިވާއިރު، ވޯޓުލެއްވީ 15 ފަރާތަކުންނެވެ. އަދި ސިޔާމަށް 9 ވޯޓު ލިބިވަޑައިގެންނެވިއިރު، ހައްދުންމަތީ އަތޮޅު ކައުންސިލުގެ ރައީސަށް ލިބިވަޑައިގަތީ 6 ވޯޓެވެ.


މައުލޫމާތު ލިބިފައިވާގޮތުގައި މި އިންތިހާބުގެ ވޯޓުލުން އެލްޖީއޭ އިން ކުރިއަށް ގެންގިސްފައިވަނީ އީވޯޓިންގ މެދުވެރިކޮށެވެ. އަދި މިއީ މިގޮތަށް ބޭއްވި ފުރަތަމަ އިންތިހާބު ވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު