ސިނަމާލެ ބްރިޖާއި ހައިވޭ އިން ޓޯލް ފީ އެއް ނެގުމަށް ސަރުކާރުން ވިސްނަނީ

2 months ago

އަފްރާހް

ސިނަމާލެ ބްރިޖާއި ހައިވޭ އިން ޓޯލް ފީ އެއް ނެގުމަށް ސަރުކާރުން ވިސްނަމުން އަންނަކަން ހާމަކުރައްވައިފިއެވެ.


ދިވެހި ސަރުކާރުން މިކަން ހާމަކުރެއްވީ "މާލެ ފަހި" ޕްރޮގްރާމް ލޯންޗު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.


މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށާއި މާލޭ ސަރަހައްދަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ތައާރަފްކުރި "މާލެ ފަހި" ޕްރޮގްރާމްގެ ދަށުން ކުރުމަށް ނިންމާފައިވާ ބައެއް ކަންކަމާއި ގުޅޭ ޕްރެޒެންޓޭޝަނެއް ރޭ ވަނީ ދައްކާލާފައެވެ. އަދި އެ ޕްރެޒެންޓޭޝަނުގައި ބްރިޖާއި ހަލި މަގުން ޓޯލް ފީއެއް ތައާރަފް ކުރަމުންދާ ކަމަށް ވިދާޅުވެފައިވީނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.


ސަރުކާރުން ވިދާޅުވެފައިވަނީ އެކަން ކުރައްވާނީ ކަމާއިގުޅުން ހުރި ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި އެކަމާއި ގުޅޭ ދިރާސާ ކުރުން އަންނަ އޮގަސްޓް މަހު ފަށާނެކަން ވެސް ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު