ގާނޫނަށް ގެންނަ ބަދަލުތައް ތުނޑުން ތުނޑަށް ތަންފީޒު ކުރާނަން: ޢަލީ އިޙްސާން

2 months ago

އަފްރާހް

އަޑުގަދަވާ ގޮތަށް ސައިލަންސަރު މޮޑިފައިކޮށްގެން ސައިކަލު ދުއްވާ މީހުން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.


"މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މިނިސްޓަރ ވިދާޅުވީ ގާނޫނާ ގަވައިދަށް ނޫޅުމުގެ ސަގާފަތެއް ރާއްޖޭގައި އެބައޮތްކަން ފާހަގަކުރައްވާފައެވެ. އަދި އެ ސަގާފަތް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.


އެގޮތުން ހޯމް މިނިސްޓްރީއާ ގުޅުންހުރި އިދާރާތައް ގުޅިގެން އެކަން ކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި "މާލެ ފަހި" ޕްރޮގްރަމް ތަންފީޒްކުރުމަށް ގާނޫނަށް ގެންނަ ބަދަލުތައް ތުނޑުން ތުނޑަށް ތަންފީޒު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން މިހާރުވެސް ރައީސްގެ ހާއްސަ ހުއްދައާއެކު މާލޭގެ ކަންމަތިތަކުގައާއި، ސްކޫލްތަކުގެ ކައިރިއާއި، ހޮސްޕިޓަލްތަކާއި މިސްކިތްތަކަށް ވަންނަން ހުރި ތަންތަނުގައި ހުރި ވެހިކަލްތައް ޓޯ ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.


ހަމަމިއާއެކު މަގުތަކުން ގެތަކަށް ވަދެވޭނެ ހާއްސަ އެކްސެސްތަކެއް ހަދައި، އެފަދަ ތަންތަނުގައި ޕާކްކުރާ އުޅަނދުތައް ވެސް ޓޯ ކުރާނެ ކަމަށާއި މަގުމައްޗަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު