ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަހަންމިއްޔަތުކަން ދެއްވާ: ދުންޔާ

2 months ago

އަފްރާހް

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ގޮވައިލައްވައިފިއެވެ.


'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ބަންގްލަދޭޝްގައި މިހާރުހިނގަމުންދާ ހަމަނުޖެހުން ފަށާފައި މިވަނީ ޝެއިޚް ހަސީނާގެ ސަރުކާރުން ވަރަށް ކުރީގެ ކޯޓާ ސިސްޓަމެއް ގެނެސް، އާއިލީ ނުވަތަ ޕާޓީއާ ގުޅޭގޮތުން އެކަނި ވަޒީފާތައް ދޭން ފަށައިގެން ކަމަށެވެ.


އެހެންވެ، އެގައުމުގެ ކިޔަވާކުދިން މުޒާހަރާ އަށް ނުކުތީ މެރިޓަށް ބަލާފައި ނޫނީ ވަޒީފާތައް ދިނުމަކީ ރަނގަޅުގޮތެއް ނޫން ކަމަށް އެކުދިންނަށް ގަބޫލުކުރެވޭތީ ކަމަށް ވެސް ދުންޔާ ވިދާޅުވިއެވެ. އަދި މި ހަމަނުޖެހުމުގައި ވަރަށްގިނަ ކިޔަވާކުދިންގެ ފުރާނަ ގެއްލި، ރަށުތެރެ ވަރަށް ނާމާންވެފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.


މީގެއިތުރުން އެގައުމުގައި މިވަގުތު ތިބި ދިވެހި އާއިލާތަކާއި ދިވެހި ކިޔަވާ ކުދިންނާމެދު ވަރަށް ކަންބޮޑުވާކަން ފާޅުކުރައްވައި ވަނީ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަހަންމިއްޔަތުކަން ދިނުމަށް ދިވެހި ސަރުކާރަށާއި ފޮރިން މިނިސްޓަރަށް އަށް ގޮވައިލައްވާފައެވެ.


ހަމަމިއާއެކު އެކުދިން ރާއްޖެ އަންނަން ބޭނުންވެއްޖެނަމަ، ވީއެންމެ އަވަހަކަށް އެކަން ކޮށްދިނުމަށް ވެސް ދުންޔާ ވަނީ ގޮވައިލައްވާފައެވެ.


<blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">Concerned for the safety of Maldivians and all in Bangladesh. Condemn the undemocratic actions of the Bangladesh government! Government positions need to be based on merit and not on an antiquated &quot;quota&#39; system! Concerned for the countries in our region!… <a href="https://t.co/I99BsZZfv0">pic.twitter.com/I99BsZZfv0</a></p>&mdash; Dunya Maumoon (@dunyamaumoon) <a href="https://twitter.com/dunyamaumoon/status/1816487614767354096?ref_src=twsrc%5Etfw">July 25, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> 



ފޮރިން މިނިސްޓްރީން މީގެކުރިން ވެސް ވިދާޅުވެފައިވަނީ ތިބި ދިވެހީންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ. އަދި ގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ 90 ދަރިވަރުންނާއި އާއިލާތަކާއި އެކި ކަންކަމުގައި ބަންގްލަދޭޝްގައި ތިބި ދިވެހިންނަށް ގުޅައި، ހާލު ބަލަމުން އަންނަކަމަށެވެ.


މީގެއިތުރުން އެ ފަރާތްތަަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެގޮތުން ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު، އެނބުރި ރާއްޖެ އަންނަން އެދިފައިވާ ކަމަށް ވިދާޅުވިއެވެ. އެކުދިން ރާއްޖެއަންނަން ބޭނުންވީ އެ ސްކޫލްތައް ބަންދުކުރުމުން ކަމަށް ވިދާޅުވެއެވެ.


އެހެންވެ އެ ދެ ދަރިވަރުން ބަހުގައި، ބަންގްލަދޭޝް ބޯޑަރު ހުރަސްކުރުމުގައި ބަންގްލަދޭޝް ގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާއި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އެހީތެރިކަން ފޯރޮކޮށްދީފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.


މީގެއިތުރުން އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް (880 1329 748 885+ / 880 1708 120 318+) ފޮރިން މިނިސްޓްރީން އެދިލައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު

ގަލަން

އެއްޗެކޭ ކިޔަނީ ދައްކާވާހަކައެއް ނެތިގެން. އަހައްމިޔަތު ކަންނުދިނީ ކޮންއިރަކުބާ ނޫސްތަކުން ފެނޭ ފޮރިން މިނިސްޓްރީން އެކަމާއުޅޭވާހަކަ

2 months ago

އަލިބެ ހުުޅުމާކެ

ދުންޏާމެންގެ އަޑު އަހާނެ މީހުނެއް މިހާރަކު ނެތެވެ. މިގައުމު ހަލާކުކުރީ ތިޔަ އާއިލާއިންނެވެ.

2 months ago