މިނިވަންކަމުގެ މަތިވެރި ނިއުމަތް އަބަދުމެ ދެމެހެއްޓުމަށް ރައީސް އެދިވަޑައިގެންފި

2 months ago

އަފްރާހް

މިނިވަންކަމުގެ މަތިވެރި ނިއުމަތް އަބަދުމެ ދެމެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.


އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ.


މީސްމީޑިއާގައި ހިއްސާކުރެއްވި މި ޕޯސްޓުގައި މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާނު ވަނީ އަރިސްކުރައްވާފައެވެ.


މީގެއިތުރުން މިނިވަންކަމުގެ މަތިވެރި ނިޢުމަތް އަބަދުމެ ދެމެހެއްޓެވުމަށް އެދިވަޑައިގެން ވަނީ ދުޢާދަންނަވާފައެވެ.


ރާއްޖޭގައި މިއަދު ފާހަގަކުރަމުންދަނީ 59 ވަނަ މިނިވަންދުވަހެވެ. 


ކިޔުންތެރިންގެ ހިޔާލު