ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެ

2 months ago

އަފްރާހް

ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ލަފާކުރައްވައިފިއެވެ.


މިގޮތަށް ލަފާކުރައްވާފައިވަނީ މިއަދު އިރުއޮއްސި 6 ޖެހުމާއިހަމައަށް ރާއްޖޭގެ މޫސުންލަފާކުރައްވާގޮތް ހާމަކުރައްވައި، ނެރުއްވި މޫސުމީ ބްލެޓިންގައެވެ.


އެ ބްލެޓިންގައިވާގޮތުން އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުދެކުނުން ގަޑިއަކު 7 މޭލައި 17 މޭލަށް ވައި ޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލަށް ވައި ޖެހޭނެކަމަށް ވަނީ ލަފާކުރައްވާފައެވެ.


މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށް ވެސް ލަފާކުރައްވާފައި ވެއެވެ.


ރާއްޖޭގެ ކަނޑުތައް ބަލާއިރު، އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވިނަމަވެސް ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރައްވައެވެ. އަދި އުތުރުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ތިން ފޫޓާއި ފަސް ފޫޓަށް ހުންނައިރު، އެހެން ހިސާބުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓަށް ކަމަށް ވެސް އެ އިދާރާ އިން ވަނީ ލަފާކުރައްވާފައެވެ.


މޫސުމީ ބްލެޓިން މިގޮތަށް ނެރުއްވާފައިވާއިރު، ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް މިހާރުވެސް ވަނީ ހުދު ސަމާލު ނެރުއްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު