އަމާޒަކީ ތިން މަސް ތެރޭގައި ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުން

2 months ago

އަފްރާހް

އަމާޒަކީ ތިން މަސް ތެރޭ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުން ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިނިސްޓްރީން ފެށި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރަން ރާވާފައިވާ މައުލޫމާތު ހިއްސާކުރައްވަުންނެވެ.


ސްޓޭޓް މިނިސްޓަރ ވިދާޅުވީ އޮޕަރޭޝަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ރަށްތަކުގެ ކައުންސިލްތަކަށް ވަރަށް ގިނަ ފަސޭހަތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ.


އެގޮތުން މިނިސްޓްރީން އެކަމަށް ޚާއްސަކޮށް ޕޯޓަލެެއް ގާއިމުކޮށްފައިވާ ކަމަށާއި އެ ޕޯޓަލަށް މައުލޫމާތުތައް އެއްކުރުމަށް ބޭނުންވާނެ ވަސީލަތްތައް ކައުންސިލްތަކަށް މިހާރު ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން އުއްމީދަކީ ވީހާވެސް އަވަހަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުން ކަމަށް ވެސް ވިދާޅުވިއެވެ.


މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފުވެފައި ތިބި ފަރާތްތަކަށް އަލުން ގާނޫނުގެ ތެރެއަށް ވަނުމަށް ފުރުސަތު ދޭނެ ކަމަށާއި ޕްރޮގްރާމް ނިމޭއިރު، ރާއްޖޭގައި ބިދޭސީން ގާއިމުވެފައި ތިބި އަދަދާއި ނުގަވައިދުން ތިބީ ކިތައް ބިދޭސީން ކަން އެނގޭނެ ކަމަށް މަޖީދު ވިދާޅުވިއެވެ.


އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަން ހިންމަފުށީގައި ފެށީ މެއި މަހުގެ ދެވަނަ ދުވަހެވެ. އަދި، މި އޮޕަރޭޝަން މާފުށީގައި ފެށީ މެއި މަހުގެ 13 ވަނަ ދުވަހެވެ.


ކިޔުންތެރިންގެ ހިޔާލު