ހިނގާފައި އުޅުމަށް ހާއްސަކުރި ވަގުތު ކެންސަލް

2 months ago

އަފްރާހް

މާލޭގައި ހިނގާފައި އުޅެން ނެރުނު ޓްރެފިކް ނޯޓިސް މާލޭ ސިޓީ ކައުންސިލުން ކެންސަލް ކޮށްފިއެވެ.


އެ ކައުންސިލުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައިވަނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑް ވިއްސާރަވުމާއި ގުޅިގެން ކެންސަލް ވެފައިވާތީ މިއަދު ހަވީރު 4 ން 6 ޖަހަންދެން މާލޭގައި ހިނގާފައި އުޅެން ނެރުނު ޓްރެފިކް ނޯޓިސް ވަނީ ކެންސަލް ކުރެވިފައި ކަމަށެވެ.


 


ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހާއި ގުޅިގެން އެމްއެންޑީއެފް އިން މިއަދު ހަވީރު ބާއްވަން ނިންމި ޝަރަފްގެ ހިނގާލުން ކެންސަލްކޮށްފައިވަނީ މޫސުން ތަންނުދޭތީއެެވެ.


އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލްކުރެވިފައިވާ ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދިނުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ފަސްކުރެވިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު