ތަޒްކިޔާގެ ގައުމީ ދެ ރެކޯޑެއް

2 months ago

އަފްރާހް

ރާއްޖޭގައި ފެތުމުގެ ދާއިރާ އިން ބޮޑުކުރިއެރުމެއް ހޯދަމުން އަންނަ އަމްނާ ތަޒްކިޔާ މިރުޞާދު ގައުމީ ދެ ރެކޯޑެއް އައުކޮށްފިއެވެ.


އެގޮތުން އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އައުކުރީ ސްރީލަންކާގައި ކުރިއަށްދާ މުބާރާތެއްގައެވެ. އެގައުމުގެ ނެޝަނަލް އެންޑް ނެޝަނަލް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ތަޒްކިޔާ 100 މީޓަރ ފްރީސްޓައިލް އިވެންޓު ނިންމާފައިވަނީ 01:05.53 އިންނެވެ.


މިއިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އައުކޮށްފައިވަނީ އާމިނަތު ޝަޖަން އެވެ. އެއީ ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި 01:05.71 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


މީގެއިތުރުން އަންހެނުންގެ ލޯންގކޯސް 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު ވެސް ހަމަ އެ މުބާރާތުގައި އޭނާ ވަނީ އައުކޮށްފައެވެ.


ތަޒްކިޔާ 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އައުކޮށްފައިވަނީ 02:51.26 އިން ރޭސް ނިންމައިގެންނެވެ.


މިއިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ 2022 ވަނަ އަހަރު ބޭއްވި 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި އައިޝަތު ސައުސަން އެވެ. ސައުސަން އެފަހަރު އިވެންޓް ފުރިހަމަކޮށްފައިވަނީ 02:53.55 އިންނެވެ.


ކިޔުންތެރިންގެ ހިޔާލު