ލަންކާ މުބާރާތުގައި ރާއްޖޭގެ އަންހެން ޖޫނިއަރ ޓީމަށް ލޯމެޑަލް

2 months ago

އަފްރާހް

ސްރީލަންކާގައި ލަންކާގައި ކުރިއަށްދާ ފެތުމުގެ މުބާރާތުގައި ރާއްޖޭގެ އަންހެން ޖޫނިއަރ ޓީމަށް ލޯމެޑަލް ހޯދައިފިއެވެ.


ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވިދާޅުވީ ސްރީލަންކާގައި ކުރިއަށްދާ އެގައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ވާދަކުރި ޖޫނިއަރ އަންހެޓީމުން ލޯމެޑަލް ހޯދާފައިވާ ކަމަށެވެ.


އެގޮތުން ލޯމެޑަލް ހޯދީ ޖޫނިއަރ ނެޝަނަލް ކެޓަގަރީގެ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގައި ކަަމަށް ވެސް ވިދާޅުވިއެވެ.


ލޯމެޑަލް ހޯދައިދިން ދިވެހި ޓީމުގައި ހިމެނެނީ އަމްނާ ތަޒްކިޔާ މިރުޞާދު، ޒޯހާ އަޒްލީ ނަސީމް، މަލައިކާ ލިންޑާ އިމްރާން އިމްރާން އަދި ޒާހާ ޒައިދުލް ޚަލީލެވެ. މި ފެތުންތެރިން މި އިވެންޓު ނިންމާފައިވަނީީ 05:38.03 އިންނެވެ.


މި މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އަންނަނީ އިންޑިވިޖުއަލް އިވެންޓުތަކުން ވެސް ރެކޯޑުތައް އައު ކުރަމުންނެވެ. 

އެގޮތުން އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް އަމްނާ ތަޒްކިޔާ މިރުޞާދު އަނެއްކާ ވެސް ވަނީ އައުކޮށްފައެވެ. މި މުބާރާތުގައި ތަޒްކިޔާ 100 މީޓަރ ފްރީސްޓައިލް އިވެންޓު ނިންމާފައިވަނީ އެއިވެންޓުގެ ފައިނަލުގައި ވާދަކޮށް 01:05.03 އިންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑް އެންމެފަހުން އައުކޮށްފައިވަނީ ވެސް ތަޒްކިޔާއެވެ. އެއީ ހަމަ މި މުބާރާތުގެ ޕްރިމިލިނަރީ ހީޓްގައި 01:05.53 އިން ރޭސް ފުރިހަމަކޮށްގެންނެވެ.



ކިޔުންތެރިންގެ ހިޔާލު