ލަންކާ މުބާރާތުގެ 50 މީޓަރ ފްރީސްޓައިލް އިވެންޓުން ތަޒްކިޔާ އަށް ސިލްވަރ މެޑަލް

2 months ago

އަފްރާހް

ސްރީލަންކާގައި ކުރިއަށްދާ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގެ ޖޫނިއަރ ކެޓަގަރީގެ 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ސިލްވަރ މެޑަލް އަމްނާ ތަޒްކިޔާ މިރުޞާދު ހޯދައިފިއެވެ.


މި މުބާރާތުގައި ދިވެހި ފެތުންތެރިން ވަނީ މިހައިތަނަށް 2 ބްރޯންޒް މެޑެލް އާއި 1 ސިލްވަރ މެޑަލް ހޯދާފައެވެ.


ފައިނަލްގައި ތަޒްކިޔާ 50 މީޓަރ ފްރީސްޓައިލް އިވެންޓު ނިންމާފައިވަނީ 00:29.67 އިންނެވެ.


މިއީ މިމުބާރާތުގައި ތަޒްކިޔާ ހޯދި ދެ ވަނަ މެޑަލް އެވެ. ފުރަތަމަ ހޯދާފައިވަނީ 100 މީޓަރ ފްރީސްޓައިލް އިވެންޓުން ބްރައުންޒް މެޑަލްއެކެވެ. އަދި 4 ގުނަ 100 މީޓަރ މެޑްލޭ ރިލޭ އިވެންޓުން ލޯމެޑަލް ހޯދި ޓީމުގައި ވެސް ތަޒްކިޔާ ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު