ރާއްޖެ

8 ލައްކައަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ވައިގެެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

 

މިތަކެތި އަތުލައިގަނެފައިވަނީ މާރިޗު 16 ވަނަ ދުވަުގެ ރޭ ވައިގެމަގުން ތައިލެންޑުން ރާއްޖެ އައި ޖެނެރަލް ގުޑްސް ޝިޕްމެންޓެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

 

މިގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތި 20 ޕެކެޓެއްގައި ފޮރުވާފައިހުރިއިރު، ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން ކެނެބިސް (Cannabis) އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

 

ކަސްޓަމްސް އިން ވިދާޅުވީ މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު 1097 ގްރާމް ހުރިއިރު، މަގުމަތީ އަގު ގާތްގަނޑަކަށް 877,600.00 (އަށް ލައްކަ ހަތްދިހަ ހަތްހާސް ހަ ސަތޭކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށެވެ.

 

މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރުވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރެވިފައި ކަަމަށް އެ އިދާރާ އިން ވިދާޅުވެއެވެ.  


ކޮމެންޓް