ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި އިސްލާމީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢިދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒުގެ އިސްލާމީ ދާއިރާތަކުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެމަނިކުފާނު ވަނީ މިކަމަކީ ރައީސް ވަރަށް ގާތުން ބަލާނެ ކަންކަން ކަމުގައި ވެސް ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ ރައިސްގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން މިފެށޭ މަސައްކަތްތަކުން ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. އަދި ރައީސް ސިޔާސަތުތައް ތަންފީޒް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާާއި ބައްދަލުކުރައްވާ، ރައްޔިތުން އެދޭ ގޮތަށްކަމަށެވެ.
އެގޮތުން އޢަމަލީ މަސައްކަތް ފެށޭ މި މަޝްރޫއުތަކަކީ ވެސް މިފަދަ މަަޝްރޫއުތަކެއްކަން ފާހަގަކުރެއްވިއެވެ.
މި މިސްކިތްތަކުގެ މަސައްކަތް ނިމިގެންދާއިރު، މިސްކިތްތަކުގައި ޤުރުއާން ކުލާސް ގާއިމްކުރެވި، މިސްކިތްތައް އޭސީކޮށް ސޯލާ ޕެނަލް ހަރުކުރާނެ ކަމަށާއި މި މިސްކިތްތަކަކީ މުޅިން އާ ޑިޒައިންތަކަށް އިމާރާތް ކުރާ ރާއްޖޭގެ މާހައުލާއި ގުޅޭ ރައްޔިތުންނަށް ހިތްހަމަޖެހިގެން ނަމާދު ކުރެވޭނެ ފުރިހަމަ މިސްކިތްތަކަކަށްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.